ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގުގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނޖސްޓަރު ވިދާޅުވީ ގަން އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓާ ވިލެޖްގެ ލޭބާ ކުއާޓާ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީން އެ މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށެވެ.
އެހެންކަމުން، އެ މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ފުރުސަތުގައި އޭއައިއޭ ގެ މެނޭޖްމަންޓުން މި މައްސަލަ ޙަލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައަރަންމަންޓާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވަމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ މައްސަލަ ސަރުކާރުނަ އެދުނު ތާރީހަށަ ހައްލުވެގެން ދިޔައީ އައްޑޫގެ ރައްޔިތުން އެކަމަށް ބާރު އަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އައްޑޫގެ ރައްޔިތުންނަށް މިނިސްޓަރު ވަނީ އަދާކޮށްފައެވެ.
އިންޑިއާގެ އެހީގައި ފަށާފައިވާ އައްޑޫ އެއާޕޯޓު ހެދުމުގެ މަޝްރޫއު އަކީ 29 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި