އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދާދިފަހުން، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓުން" ގެއްލުނު އުމުރުން 25 އަހަރުގެ އަލީ މުޝްފިގުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އަންނަ ހުކުރު ދުވަހަށް އިންތިޒާމު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ލ. މާވަށަށް ނިސްބަތްވާ އެ ޒުވާނާގެ މައްޗަށް މިއަދުގެ ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރަން މާވަށު ކައުންސިލުން ކުރިން އޮތީ ނިންމާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މުޝްފިގުގެ ކަށު ނަމާދު މިއަދު ނުކުރާ ކަމަށާއި މުޝްފިގުގެ އާއިލާއާ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މުޝްފިގުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެެއް ކަމާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ. އަދި އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އެންމެންނަށް ލިބުނު ހިތާމައެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ތަރައްގީގެ ކަންކަން، ކާމިޔާބު ކަމާއެކީގައި ކުރިއަށް ގެންގޮސްދޭނަން
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރައީސް ބައްލަވާލައްވައިފި
ތުރުކީގެ އަސްކަރީ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ
ތަނަވަސް މީހުންނަށް އިނާޔަތްތައް ލިބޭތީ ސަލީމްގެ ކަންބޮޑުވުން
ކާށިދޫ ބޯޓުން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ވީ ވައުދުތައް ފުއްދުމަކީ އަޅުގަނޑުގެ ޒިންމާއެއް: ރައީސް