ތ. ހިރިލަންދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް، އަލިފާން ރޯވި ހޮޅުދޫ ބޯޓު، ރޭ މެންދަމު އަޑިއަށް ގޮސްފައިވާ ކަމަށާއި ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
"ހޮޅުދޫ ބޯޓު"ގައި ރޯވީ ރޭ 9:07 އެހާކަންހާއިރުއެވެ. އެ ބޯޓުން ގެއްލުނީ ލ. މާވަށު، އަލީ މުޝްފިގް މުހައްމަދު، 25، އެވެ.
ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައެވެ. ގެއްލުނީ މުޝްފިގު އެކަންޏެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި ޑްރޯން ބޭނުންކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ބޯޓު އަޑިއަށް ދިޔައީ ރޭ މެންމަދު 2:07 އެހާކަންހާއިރު ކަމަށާއި ބޯޓުގެ ބައިތައް އޮޔާދާތީ، ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި
ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
މަސައްކަތްތައް ބައްޓަން ކުރައްވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރައްވައިފި
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ