ހުޅުމާލެ ފޭސް އެކެއްގައި ހުންނަ މަސްޖިދުލް އަޒީޒާ މިސްކިތުގެ އިމާމާއި ބަދަލު އިމާމު މިއަދުގެ އީދު ނަމާދަށް ހާޒިރު ނުވުމުން ފަސް އަހަރު ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ހުޅުމާލެ މަސްޖިދުލް އަޒީޒާ މިސްކިތުގައި އީދު ނަމާދު ކުރަން ހަމަޖެއްސި އިމާމު މިސްކިތަށް ހާޒިރުވެފައެއް ނުވެއެވެ. އަދި ބަދަލު އިމާމުގެ ގޮތުގައި ހަމަޖައްސާފައިވާ އެ މިސްކިތުގެ އަސްލު އިމާމު ވެސް މިސްކިތަށް ހާޒިރުވެފައެއް ނުވެއެވެ.
އެ މިސްކިތުގައި އިމާމުވެ އީދު ނަމާދުކުރީ ބިދޭސީއެކެވެ. ސޯޝަލް މީޑިއާގައި އެ މިސްކިތުގައި އިމާމުކަން މިއަދު ކުރި ފަރާތް މިންބަރަށް އަރާ ހުރެ ފޯނަށް ބަލައިގެން ހުތުބާ ކިޔައި މަންޒަރު ފެނެއެވެ. އޭނާ ހުތުބާ ކިޔާފައި ވަނީ އަރަބި ބަހުން ކަމަށްވެއެވެ.
އެކަމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ އަޒީޒާ މިސްކިތުގައި އީދު ނަމާދުކުރުމަށް އިމާމުކަން ހަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުސޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށެވެ.
އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ކަމާބެހޭ ޔުނިޓަށް އަންގާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި