އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާންކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ވަޓްސްއަޕް ގްރޫޕަށް މިނިސްޓަރު ޝަހީމް މިއަދު ފޮނުއްވި މެސެއްގައި މިއަދު ވިދާޅުވީ ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަން ވާނީ އާއްމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހާއްސަކޮށް ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން އެކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތައް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްހަލަތު ގެއްލިދާނެ ކަމެއް،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުއީ ހަމަތަކާއި، ރާއްޖޭގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
"އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލައަށް ރޯދަ އިއުލާންކުރުމާއި އީދު އިއުލާންކުރުމަކީ މަސްލަޙަތު ގެއްލިދާނެކަމެއް. ވީމާ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން،" ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރުގެ ފިތުރު އީދު ދުވަސްވެގެން ދާނެ ދުވަހާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައި ވަނިކޮށެވެ. ބައެއް ބޭފުޅުން މާދަމާ އަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް ވިދާޅުވަމުން ގެންދަވާއިރު އަނެއްބައި ބޭފުޅުން މާދަމާ އަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަސް ކަމަށް އަންނަނީ ވިދާޅުވަމުންނެވެ.
މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވައެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި