ޖުމްލަ 23 ހާފިޡުންނަށް ދަސްވެނިވުނުކަމުގެ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ކީރިތި ގުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި މި 22 ހާފިޒުންނަށް ސަނަދު ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން މިރޭ ބުނީ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ހާއްސަ ސަމާލުކަމުގެ ސަބަބުން، ކީރިތި ގުރުއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ކުރިއަށް ވުރެ ފުޅާވެގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ގުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން ގެންދާ ކަމަށްވެސް ބުންޏެވެ.
އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ.
ހަމައެއާއެކު ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ގާއިމުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ގުރުއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ފަށާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ހާފިޒުކަމުގެ ސަނަދު ލިބުނު ފަރާތްތައް:
- އުމުރުން 18 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު މުހައްމަދު މިޝްއަލް އާޒިމް
- އުމުރުން 15 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު ރައްޔާން އަހްމަދު މުހައްމަދު
- އުމުރުން 15 އަހަރުގައި ކީރިތި ގުރުއަަން ހިތުދަސްކުރެއްވި، އަލްހާފިޒާ ފާތިމަތު މަންހާ ބިންތް އިސްމާއީލް
- އުމުރުން 18 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފުޒާ އާއިޝަތު ޒީކް ރިޔާޟް
- އުމުރުން 13 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފުޒް އަހްސަން ސައީދު
- އުމުރުން 15 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު އުވައިސް ބިން އިނާޒް
- އުމުރުން 17 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒާ އާމިނަތު އިލްމީ ތަލްހަތު
- އުމުރުން 18 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒޔ އާތިކު ޢަބްދުއްސައްތާރު
- އުމުރުން 13 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު ޒަލަފް ބިން ނާފިއު
- އުމުރުން 13 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު މުސްއަބު ބިން ފައިސަލް
- އުމުރުން
- އުމުރުން 16 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު އަހްމަދު ރައީފް މުހައްމަދު
- އުމުރުން 16 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒާ އާއިޝަތު ސާއިބަތު މުހައަމަދު ރިކްޒާން
- އުމުރުން 16 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު ހަޔާން ރަމީޒް
- އުމުރުން 14 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު އާސިރު އާރިފް ޔޫސުފް
- އުމުރުން 15 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު އާރިޝް
- އުމުރުން 13 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު ޒާލިފް މަދީހް
- އުމުރުން 15 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު ޒަކްވާން މުހައްމަދު ރިކްޒާން
- އުމުރުން 15 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒާ މަރްޔަމް ހުނާ ހަސަން
- އުމުރުން 23 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒު ބިލާލް ބިން އަހްމަދު
- އުމުރުން 18 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒާ އާއިޝަތު ލިޒީ
- އުމުރުން 15 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒާ އަލާވީ އައްޔޫބު ބިން މުހައްމަދު ޝުޖާއު
- އުމުރުން 18 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވި، އަލްހާފިޒާ ނަބާހަތު