ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ބޮއްސުންލާފައިވާ ކަމަށް ބުނެ، ތެލެސީމިއާ ބަލި މީހުންނާއި އެ މީހުންގެ ބެލެނެވެރިން ރޭ މުޒާހަރާ ކޮށްފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނަށް ވަޑައިގެން ހާލަތު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރާތް ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ.
އަދި އެމަނިކުފާނު ވަނީ އެކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވައިލައްވައިލައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އެޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދުދެއްވާފައެވެ.
ރޭ މުޒާހަރާ ކުރި މީހުން ބުނެފައި ވަނީ އެތަނުގެ ހިދުމަތްތައް ދެނީ ސިއްހީ ހިދުމަތެއްކަމުގައި ދެކިގެން ނޫން ކަމަށާއި ސަރުކާރު ބަންދުވާ ދުވަަސްތަކުގައި ވެސް އެތަން ބަންދުކުރާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ލޭ ނޭޅި ބައެއް ކުދިން ހާލަތު ދަށްވާ ކަމަށް ބެލެނެވެރިން ބުންޏެވެ.
މުޒާހަރާ ކުރަން ފެށީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެނޭޖުމަންޓާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު އެއްވެސް އަލިމަގެއް ނުފެނުމުންނެވެ.
ތެލެސީމިއާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ކުރިމައްޗަށް އެއްވެ، މުޒާހަރާ ކުރަން ނުކުތީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެނޭޖުމަންޓާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު ކުރިއެރުމެއް ނުލިބުމުންނެވެ.
އެތަނުގައި ހުރި މައްސަލަތައް ސޯޝަލް މީޑިއާގައި ތިލަވެ، ހައްލު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި