އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ އޭގެ ލިމިޓް ހަމަނުވަނީސް އާސަންދައިގެ ހިދުމަތް ނުލިބޭ ގޮތަށް ކުރިން އޮތް އޮތުން ނިމުމަކަށް ގެނައުމަށްފަހު އެ ފަރާތްތަކަށް ވެސް އާސަންދަ ލިބޭ ގޮތް އަލުން ހަދައިފިއެވެ.
އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަވެސް މިހާރު އާސަންދައި އިން އިއްޔެ އިން ފެށިގެން އައުޓް ޕޭޝަންޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ކޮންސަލްޓޭޝަން ފީ އާސަންދައިގެ ތެރެއިން ލިބޭނެ އެވެ. އަދި އައުޓްޕޭޝަންޓް އެހެން ހިދުމަތްތަކަށް އެ އުސޫލަށް އަމަލު ކުރަން ދާނީ މި މަހުގެ 27 އިން ކަމަށް ބުންޏެވެ.
އާސަންދަ އިން ބުނީ އަމިއްލަ އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހިދުމަތް ހޯދާ އިރު، އެންމެ ފުރަތަމަ ޗާޖް ކުރާނީ އެ އިންޝުއަރެންސް ޕްލޭނުން ފޯރުކޮށްދޭ މިންވަރަށް ކަމަށެވެ. އެ ޕްލޭނުން ކަވަރުކުރާ މިންވަރު އިތުރުވުމުން އާސަންދަ ސްކީމުން ހިދުމަތް ލިބޭނެ ކަމަށެވެ.
އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ އޭގެ ލިމިޓް ހަމަނުވަނީސް އާސަންދައިގެ ހިދުމަތް ނުލިބޭ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައެވެ. އެގޮތަށް ނިންމީ އާސަންދަ ސްކީމް ރީފޯމް ކުރުމުގެ ތެރެއިންނެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު