ސްރީލަންކާގައި ފިއުރޯސިމައިޑް އިންޖެކްޝަންގެ ސްޓޮކް ހުސްވެ، ލަންކާ ސަރުކާރުގެ އެދުމުގެ މަތިން ކުއްލި ގޮތަކަށް އިންޑިއާއިން ބައިލައްކަ އެމްޕިއުލްގެ އިންޖެކްޝަން ހަދިޔާކޮށްފިއެވެ.
ކޮޅުނބުގައި ހުންނަ އިންޑިއާ އެމްބަސީއިން ބުނީ ލަންކާ ސަރުކާރުގެ އާޖެންޓް ރިކުއެސްޓަކަށް އިންޑިއާއިން ގެނައި އިންޖެކްޝަންތައް، ލަންކާގެ ސިއްހަތާއި ބެހޭ ވަޒީރު ޑރ. ނަލިންދަ ޖަޔަތިއްސައާއި އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޙަވާލުކޮށްފައިވާ ކަމަށެވެ.
ދެހާސް ބާވީސް ވަނަ އަހަރު ލަންކާއަށް ކުރިމަތިބި އިގްތިސޯދީ ހީނަރުކަމުގައި ބޭހުގެ ބައެއް ބާވަތްތައް ލަންކާއިން ހުސްވުމާއި ގުޅިގެންވެސް އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއާ އެމްބަސީއިން ބުނީ 26 ޓަނުގެ ބޭހާއި މެޑިކަލް ސާމާނު ލަންކާގެ ޕެރަދެނިޔާ ޔުނިވަރސިޓީ ހޮސްޕިޓަލާއި، ޖަފްނާ ޓީޗިންގ ހޮސްޕިޓަލްގެ އިތުރުން ހަމްބަންތޯޓާ ޖެނެރަލް ހޮސްޕިޓަލަށް އެފަހަރު ހަދިޔާކުރި ކަމަށެވެ.
ކޮވިޑް ދުވަސްވަރުވެސް އިންޑިއާއިން ވަނީ ލަންކާއަށް ބޭހުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ޕެންޑެމިކްގެ ކުރީކޮޅު، 2020 މެއި މަހުގެ ތެރޭގައި 25 ޓަނުގެ ބޭހާއި މެޑިކަލް ސާމާނު ހަދިޔާކުރިއިރު، ކޮވިޝީލްޑް ވެކްސިންގެ ބައިމިލިއަން ޑޯޒްވެސް ހަދިޔާކުރިއެ
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ