ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އަދި އެމްޑީޕީ ސަރުކާރުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި މޫސާ އަލީ މަނިކު (މޫކޭ) ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.
މި ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުވާން އަންގާފައިވާ ޗިޓު ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ރާއީ އަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ މާދަމާގެ މެންދުރު 13:00 އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ. މޫކޭ ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާގެ 14:00 އަށެވެ.
މި ދެ ބޭފުޅުންނަށް ވެސް ފުލުހުން ކުރަނީ އެއް ތުހުމަތުތަކެކެވެ. އެއީ މިމަހުގެ 9ވަނަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާއްމު ދަތުރުފަތުރު ކުރުމަށާއި އާއްމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ވާޖިބާއި ދައުރު އަދާ ކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މާލޭގެ މަގުތަކަށް ނުކުމެ، ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ފެށީ މިމަހުގެ 8ވަނަ ދުވަހުއެވެ. އަދި އެރެއަށްފަހު މާލޭގެ މަގުތަކުގައި އެމްޑީޕީން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް