އެމްއެންޑީއެފާއި އިންޑިއަން އާމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، "އެކްސަސައިޒް އެކުވެރިން" ގެ 13 ވަނަ އެޑިޝަން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ފަށައިފި އެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
އެމްއެންޑީއެފުން ބުނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ރާއްޖޭގެ ތެރެއިން ފަހަރަކު ޤައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން" ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް މިފަދަ އަސްކަރީ ތަމްރީނެއް ވަނީ ފުރިހަމަ ކޮށްފައެވެ.
އެ ތަމްރީނުގައި ހަތިޔާރު ނެތް ހަނގުރާމަތަކާއި ބެޓަން ޓެކްނިކްސް ފަދަ ތަމްރީނުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި ފިޒިކަލް ޓްރެއިނިން އާއި ޓެކްޓިކަލް ޕްރޮސީޖާސް އާއި އެސޯލްޓް ވެޕަން ފަޔަރިން ސްނައިޕާ ފަޔަރިން އަދި އައިލެންޑް ޓެރިޓަރީތަކާއި މެރިޓައިމް ސްޕޭސް ބޭނުންކޮށްގެން ކުރިމަތިވެދާނެ ނުރައްކާތައް ނިއުޓްރަލައިޒް ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވެއެވެ. އިކުއިޕްމަންޓާއި ހަތިޔާރު ހިމެނޭ ގޮތަށް އެސޯސިއޭޓެޑް ޓްރެއިނިން ގިޔަރު ގެންދިޔައީ އިންޑިއަން ނޭވީ މޮބައިލް ޓްރެއިނިން ޓީމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން