ރާއްޖެ އިން އެހީއަށް އެދޭ ކޮންމެ ފަހަރަކު އިންޑިއާ އިން އަބަދުވެސް އޮންނާނީ އެހީތެރިކަން ދޭން ތައްޔާރަށް ކަމަށް އެގައުމުގެ ނާއިބު ރައީސް ޝްރީ ޖަގްދީޕް ދަންހާރު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިދާރާ އިން ބުނީ ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށް ވެސް ބުންޏެވެ.
ރާޖްޔާ ސަބާގެ ޗެއަރމަންގެ ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށްއެދޭ ކޮންމެވަގުތެއްގައިވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއްކަން ފާހަގަކުރެއްވިއެވެ.
އަދި މޯލްޑިވްސް – އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށްވެސް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދުގައިވާ މިއެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ