ޑރ. މުޙައްމަދު މުޢިއްޒަށް ސަރުކާރު ހިންގަން އެނގިވަޑައިނުގަތުމުގެ އަގު ދައްކަން ޖެހެނީ ދިވެހި ރައްޔިތުން ނޫންކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަރުކަޒީ ބޭންކް އެމް.އެމް.އޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ މަސައްކަތްކުރާކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފައިވަނިކޮށް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅެނީ ޒިންމާދާރުކަން ކުޑަ، އަދި އައި.އެމް.އެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގްތިސާދީ މާހިރުގެ ލަފަޔާ ޚިލާފު އަމަލެއް ކަމަށެވެ.
މާލީ ސިޔާސަތު ހަރުދަނާކޮށް، ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިޤްތިޞާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އިޤްތިޞާދަށް ލޮޅުން އަންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި ފައިސާ ޗާޕުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުމީހާއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ކާނާޔާއި، ތެލާއި، އަސާސީ މުދަލުގެ އަގު ބޮޑުވެ، ޑޮލަރު ހޯދަން މިހާރުވެސް ދަތިއިރު އިހުނަށްވުރެ އެކަންވެސް ދަތިވެ، ދިގުރާސްތާގައި ސަރުކާރަށް ޓެކްސް ބޮޑުކޮށް އާއްމު ޚިދުމަތްތައް މެދުކަނޑާލަން ޖެހޭ ހިސާބަށް ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ބިން ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވާ އެކަމަށް ފާޑުވިދާޅުވެ ޝާހިދު ވިދާޅުވީ އެމް.އެމް.އޭ އަކީ ބިން ބޭނުންވާ ތަނެއް ނޫން ކަމަށާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުމުގެ މެންޑޭޓްވެސް އޮތް ބައެއް ނޫން ކަމަށެވެ.
އަދި ސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުންވެސް އެއްވެސް ފައިސާއެއް ނުލިބުމުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރަށް ސަރުކާރު ހިންގަން ނޭނގުމުގެ އަގު ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބިން ގަތުމުގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ ކަންކަމަކީ އެމް.އެމް.އޭ ގެ ޤާނޫނާއި ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއިވެސް ޚިލާފު، އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި، އެކަން ވަގުތުން ހުއްޓާލަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ