މިއަހަރުގެ ރަމަޟާން މަސް ބައްދަލުކުރިއިރު ޣައްޒާ އޮތީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައެވެ. އިމާރާތްތައް ހުރީ ބިމާ ހަމަވެފައެވެ. މިވަގުތު ހަނގުރާމަ އޮތީ މެދުކަނޑާލައިފައެވެ. ނަމަވެސް އިސްރާއީލުން އަންނަނީ ޣައްޒާ އަށް ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ހިދުމަތްތައް ޣައްޒާ އަށް ވެއްދުމުގައި ހުރަސް އަޅަމުންނެވެ.
ޣައްޒާގެ ރައްޔިތުން ރޯދަ ވީއްލުމަށް އުޅޭ ދަތި ހާލު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުން އަންނަނީ ފެންނަމުންނެވެ. މި ފޮޓޯތައް ޝެއާކޮށް ގިނަ ދިވެހިން އަންނަނީ ޣައްޒާގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރަމުންނެވެ.
ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބެމުންދެއެވެ. ބައެއް ފަހަރުތަކުގައި ދިވެހި ސަރުކާރު މެދުވެރިކޮށް އެފަދަ އެހީތައް ލިބެމުން އަންނައިރު އަނެއްބައި ފަހަރުތަކުގައި އެހީތައް ފޯރުކޮށްދެނީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށެވެ. މީގެތެރެއިން ދިވެހިންގެ ފަރާތުން ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހިން ދެމުން އަންނަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެވެ.
އައިއޭސީން ވަނީ މިދިޔަ ހުކުރު ދުވަހު ޣައްޒާގެ ރައްޔިތުންނަށް ދިވެހިންގެ އެހީތެރިކަމާއެކު ރޯދަ ވީއްލުމަށް ބާއްވައިފައެވެ. އައިއޭސީން ބުނީ އެތަށް އަހަރެއް ވަންދެން އަނިޔާވެރިކަމާއި ވޭނުގައި އުޅެމުންދިޔަ ޣައްޒާގެ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން އެ ވަގުތު ފެނިގެންދިޔަ ކަމަށެވެ.
"އެތަށް އަހަރެއް ވަންދެން އަނިޔާވެރިކަމާއި ވޭނުގައި އުޅެމުންދިޔަ ޣައްޒާގެ ރައްޔިތުންގެ މޫނުމަތިން މި ފެންނަ ހިނިތުންވުމާއި އުފާވެރިކަމުގެ ފަހަތުގައި ތިބި ބަޔަކީ ހަމަ ތިޔަ ލޮބުވެތި ދިވެހި ރައްޔިތުން،" އައިއޭސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.
އައިއޭސީން ބުނީ މި ރޯދަ ވީއްލުމުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އައިއޭސީން ބުންޏެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި