ނިމިދިޔަ އެމްޑީޕީގެ ވެެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ހައުސިން މިނިސްޓްރީން ނެރުނުއިރު ކުރީ ސަރުކާރުން ނެރުނު ފްލެޓު ލިސްޓުގައި ފްލެޓު ލިބޭ ކަމަަށް ކަނޑައެޅި ހައްގުވެރިންނަށް އެމްޑީޕީގެ ވެރިކަމެއްގައި ފްލެޓު ދޭނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ފްލެޓު މައްސަލާގައި މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފްލެޓު ލިސްޓު ނެރުނީ ބަލަންޖެހޭ ކަންކަން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.
ނަމަވެސް މި ސަރުކާރުން އަލުން ނެރުނު ލިސްޓުގައި، ކުރީގެ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅައި ޑިސްކޮލިފައި ކޮށްފައިވާ ކަމަށް އިބްރޭ ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރެއްގައި އެފަދައިން ޑިސްކޮލިފައި ކުރި ހުރިހާ ފަރާތްތަކަކަށް ފްލެޓު ދޭނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.
"މިހާރުވެސް މިބޭފުޅުންގެ ހައްގުގައި މަސައްކަތް ކުރާނަން، މިކަން ކާމިޔާބު ނުވެއްޖިއްޔާ އެމްޑީޕީގެ ވެރިކަމެއްގައި އެންމެ ފުރަތަމަ އަޅާ ފްލެޓުތަކުން މިބޭފުޅުންނަށް ޖާގަ ލިބޭނެ،" އިބްރޭ ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭނީ 1800 އެއްހާ މީހުންނަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ