މާލެ ސިޓީ ކައުންސިލުން ގަސް ކަނޑާ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ނަޝީދު ވަނީ ސިޓީ ކައުންސިލުން ވިލިމާލޭގައި ގަސްކަނޑާ ވީޑިއޯއެއް އެކްސްގައި އާއްމު ކުރައްވަވާ ޕޯސްޓެއް ކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައިވާ ގަސްތައް ސިޓީ ކައުންސިލުން ހިތުހުރި ގޮތަކަށް ކަނޑަމުން ގެންދިއުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ.
"މިކަމުގައި އެ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވިލިމާލޭގެ ބައެއް ސަރަހައްދުތަކުން ގަސްތައް ކެނޑީ، ދާދިފަހަކުން އެރަށުގެ ބަސް ރޫޓަށް ގެނައި ބަދަލަކާއި ގުޅިގެން ބަސްތަކުގައި އެ ގަސްތައް ޖެހި، ބަސްތައް ހަލާކުވާތީ އެމްޓީސީސީގެ އެދުމަކަށް ކަމަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން ކެނޑި ގަހަކަށް ގަހެއް އިންދާނެ ކަމަށާއި އަންނަ ހަފްތާގައި އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވަނީ މީގެކުރިން މާލޭގެ އަމީނީމަގު ތާރު އަޅައިގެން ތަރައްގީ ކުރުމަށް ނިންމިއިރު އެ މަގުގައި ހުރި ބޮޑު ގަހެއް ކަނޑާލަން އާރްޑީސީން ނިންމުމުން އެ ގަސް ކެނޑުމާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ