ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު އެތައް ސަތޭކަ ސްޓިކެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ވަނީ މަނާ ކޮށްފައެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
ކަސްޓަމްސް އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.
"ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސަށް ޑިކްލެއާ ކޮށްފައިވާ އެ ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ވަނީ އަތުލައިގަނެވިފައި،" ކަސްޓަމްސް އިން ބުންޏެވެ.
ކަނޑުމަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެފައިވާއިރު މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފުލުހުން ރޭ ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި، ވޭޕް ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލާ ފާސްކޮށްފައިވެއެވެ. ފުލުހުން ބުނީ ބަލާ ފާސް ކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި