މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އައްޔަން ކުރައްވައިފިއެވެ.
ފަރުހަތު އެ މަގާމަށް އައްޔަން ކުރައްވާފައި މިވަނީ ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މަގާމުން ވަކި ކުރެއްވުމަށްފަހުއެވެ.
ވިޓާލީ މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި ސަމާހް މަގާމުން ވަކި ކުރުމަށްފަހުއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު އަދާ ކުރެއްވި ފަރުހަތު މިއީ މި ސަރުކާރުގައި މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރައްވާ ތިންވަނަ ބޭފުޅާއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން