މެލޭޝިއާގައި ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ޒުވާނަކެވެ. އޭނާ ގެއްލިގެން ހޯދަމުން އަންނަނީ މެލޭޝިއާގެ ގަޑިން މެންދުރު 3:00 އިން ފެށިގެންނެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ ލަސްނުކޮށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް އެންގުމަށް އެދިފައިވެއެވެ.
މިކަން މިހާރު ވަނީ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފައެވެ. އެ މިނިސްޓްރީން ބުނީ މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލް ކުރުމަށް އެންމެ ގިނައިން ރާއްޖެ އިން ބޭރަށް ދާ ގައުމެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން