އިންޑިއާގެ އަސްކަރިއްޔާއަށް، އެއަރބަސް ސީ-295 މަރުކާގެ ޓްރާންސްޕޯޓް މަތިންދާބޯޓު ގަތުމަށް ދީފައިވާ އޯޑަރަށް 10 މަތިންދާބޯޓު އިތުރުކޮށްފިއެވެ.
އިންޑިއާގެ ޓާޓާ ކުންފުންޏާއި ގުޅިގެން އެއަރބަސް ކުންފުނިން އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ނިމުނު އަހަރު ހުޅުވި ފެކްޓްރީއާއެކު އިންޑިއާއާއެކު އޮންނަ ގުޅުން އެއަރބަސް އިން ވަނީ ވަރުގަދަކޮށްފައެވެ. އިންޑިއާއިން 2021 ވަނަ އަހަރު އެންމެ ފުރަތަމަ އޯޑަރު ދީފައިވަނީ ސީ-295 މަރުކާގެ 56 މަތިންދާބޯޓު އެގައުމުގެ އެއަރފޯސްއަށް ގަތުމަށެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު އެގައުމުގެ ކޯސްޓްގާޑަށާއި ނޭވީއަށް އިތުރު 15 މަތިންދާބޯޓު ގަންނަން އޯޑަރު ދިނެވެ. އެންމެ ފަހުން އޯޑަރު ދިން 10 މަތިންދާބޯޓަކީވެސް އެއަރފޯސްއަށް ގަންނަ މަތިންދާބޯޓުކަމަށް މައުލޫމާތު ލިބެއެވެ.
ސީ-295 ޓްރާންސްޕޯޓް އެއަރކްރާފްޓަކީ ގިނަ ބޭނުންތަކެއް ހިފޭ އަސްކަރީ މަތިންދާބޯޓެކެވެ. އެގޮތުން 70 ސިފައިން ނުވަތަ 8 ޓަނުގެ ކާގޯ މި މަތިންދާބޯޓުގައި އުފުލޭއިރު، ސަރވެއިލެންސް އަދި ރެކޮނަސެންސް މިޝަންތަކުގައިވެސް މި މަތިންދާބޯޓު ބޭނުންކުރެވޭނެއެވެ. ކުރިއަށް އޮތްތަނުގައި އިންޑިއާ އަސްކަރިއްޔާ ވެގެންދާނީ މި މަރުކާގެ މަތިންދާބޯޓުގެ އެންމެބޮޑު އޮޕަރޭޓަރަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި