ކުރިޔަށް އޮތް ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދެމުން އަންނަ މަސްދަޅު ކޭސްތަކުގެ އަގު ކަރަންޓު ބިލާ ފެން ބިލަށް ލާނެ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.
ދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަސްދަޅު ކޭހުގެ ހަރަދުގެ ބަދަލަށް ކަރަންޓާއި ފެނުގެ ބިލްތައް ސަރުކާރުން ބޮޑު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދަކަމުންދިޔަ ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އޭގެ ބަދަލުގައި މިދިޔަ އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދިން ފަދައިން މިއަހަރުވެސް ޔުޓިލިޓީ ބިލުތަކުން ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރީ ރޯދަމަހު ދިން ގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ހުވައި ކުރަންވެސް ކެރޭނެ،މަސްދަޅު ކޭހުގެ އަގަށްވާ ފައިސާ،ފެންބިލާއި، ކަރަންޓު ބިލުން ބޮޑުކޮއްފައި، އެބައި،ނަގާނެ، ހަމަޔަގީން!
އަލިބޭބެ،