ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު އަށް މިލިއަން ރުފިޔާއަށް މާލެއިން ބިމެއް ބައްލަވައިގެންފި އެވެ.
މާލެއިން 1،066 އަކަފޫޓުގެ ބިމެއް މަލީހް ބައްލަވައިގަތީ އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ބޭފުޅުން ހިމެނޭހެން ހަތަރު މީހެއްގެ ނަމުގަ އެވެ. މަލީހާއި ޖަމީލަކީ މިހާރު ޕީއެންއެފްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވާ ބޭފުޅުންނެވެ.
މައްޗަންގޯޅީގައި އޮތް ބިން ގަތީ 8 މިލިއަން ރުފިޔާއަށް ކަމަށް މިދިޔަ ހަފުތާފައި ސިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ. އެ ބިމުގެ އަގު ވެރިފަރާތަށް ދައްކާފައިވާތީ، އެ ބިން މަލީހާއި ޖަމީލްގެ ތިން ބޭފުޅުންނަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
ކުރީގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ވެސް މަލީހު ކުރެއްވި އެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު