"ރާއްޖެ ޓީވީ" އިން ދެއްކި ލަވައަކާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަމުން އަންނަ މައްސަލައަށް ޖަވާބުދާރީވާން އެޓީވީ އަށް ފުރުސަތު ދީފިއެވެ.
ދާދިފަހުން އިދިކޮޅު އެމްޑީޕީން ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ކަވަރޭޖަށް "ރާއްޖެ ޓީވީ" އިން ގެނެސްދިން އެ ލަވައަކީ އާމިރު ސަލީމް ހަދާފައިވާ ޅެމެކެވެ. އެ ލަވާގައި ސަރުކާރަށް ފާޑު ކިޔާފައިވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ލަވައިގެ ކޮންޓެންޓާ ގުޅުންހުރި މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެ ލަވައިގެ ކޮންޓެންޓުގައި ހުރި މައްސަލަތަކެއް އެ ކޮމިޝަނުން އޭރު ހާމަ ކޮށްފައެއް ނުވެއެވެ.
ނަމަވެސް މިއަދު އެ ކޮމިޝަނުން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީއެއްގައި ވަނީ ދެ ކަމެއް ފާހަގަކޮށްފައެވެ. ވަކި ފަރާތަކަށް ބުރަ ނުވެ ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ކޮންޓެންޓް ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ބުނެފައިވާ ކަމަށެވެ.
މީގެއިތުރުން ކަމެއް ހިނގި ގޮތް ސާބިތުނުވާ ހާލަތެއްގައި އެކަމެއް ހިނގި ކަމަށް ލިބޭ މައުލޫމާތު ހާމަކުރާއިރު މުއުތަބަރުކަމަށް ޔަގީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސް ދިނުމަށް ވެސް ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖެ ޓީވީން ގެނެސްދިން ލަވަ އަކީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ބުނެފައިވާ ކަންކަމާއި މުޅިން ހިލާފު ލަވައެއްކަން ފާހަގަކުރެވޭ ކަމަށްވެސް ބްރޯޑްކޮމްގެ ސިޓީގައިވެއެވެ.
ބްރޯޑްކޮމް އިން ވަނީ މިމަހުގެ 24ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން މައްސަލައަށް ޖަވާބުދާރީވުމަށް އަންގައިފައެވެ.
ރާއްޖެ ޓީވީ" އަކީ މީގެކުރިން ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފަހަރަކު ޖޫރިމަނާކޮށްފައިވާ ޓީވީ ސްޓޭޝަނެކެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި