ތިލަމާލެ ބްރިޖަކީ އުމްރާނީ ތަރައްގީއަށް މުހިއްމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިސް 2025ވަނަ އަހަރަށް ހުޅޫވުމުގެ ގޮތުން މިއަދު މަޖިލިސް އިދާރާގައި ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާފައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތިލަމާލެ ބުރިޖަކީ މި ސަރަައްދުގެ އުއުމްރާނީ ތަރައްގައި ވަރަށް މުހިއްމު މަސައްކަތެ ކަމަށެވެއް.
"ބުރިޖުގެ މަސައްކަތުގެ 50.88 އިންސައްތަ ވަނީ ނިމިފައި. ޑީޕްސީ ޕައިލް ކުރުމުގައި ލަސްވެގެން ގޮސްފައިވީނަމަވެސް އަދިވެސް އުއްމީދު މި ކުރަނީ ރާވާފައިވާ ގޮތަށް މަޝްރޫޢު ނިމިގެންދާނެކަމަށް،" ރައީސް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖު:
ހައެއް ޕޮއިންޓު ހަތަރެއް ހަތެއް ކިލޯ މީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓު ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
ހައެއް ޕޮއިންޓު ހަތެއް ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގުހިމެނެއެވެ.
މާލެ އަދި ވިލިމާލެ އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ޖަރުކުރެވިފައި ހުންނާނެއެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެކެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.