އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ މަރާލި ކަމަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ޝަރުތުތަކާއެކު ލަމްހާ ދޫކޮށްލައިފައެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ލަމްހާ ދޫކޮށްލީ ދަށު ކޯޓުގައި މައްސަލަ ނުނިމި ދިގުލައިގެން ގޮސްފައިވާތީ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެއީ މީހުން ބަންދުން ދޫކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ބާތިލްކުރަން ހުކުމްކުރީ ކަމަށެވެ. އަދި އޭނާ ބަންދުކުރަން ދައުލަތުން ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓުގައި އެދެފިނަމަ އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމުގައިވެއެވެ. ލަމްހާ ދޫކޮށްލި ނަމަވެސް މާވިން ހުރީ ބަންދުގައެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި