އަންނަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީން ވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސިޓީއަކުން މި ހިދުމަތް ލިބޭ ފުރަތަމަ ސިޓީއެވެ. މާލެ ސިޓީން ވެސް މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން، ހޮނިހިރު ދުވަހު ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ދޭން ވަނީ ފަށައިފައެވެ.
މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީން މިމަހުގެ 8ވަނަ ދުވަހުން ފެށިގެން ކޮންމެ ހޮނިހިރަކު ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވަހީދު މީގެކުރިން ވިދާޅުވީ އެކަން ކުރުމުގެ މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް، ހިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
އިމިގްރޭޝަނުން އަންނަނީ ރާއްޖޭގެ އެހެން ރަށްރަށުން ވެސް ޕާސްޕޯޓު ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިއަހަރުވެސް މީގެކުރިން ޕާސްޕޯޓު ހެދުމުގެ ހިދުމަތް ނުލިބޭ ގިނަ ރަށްތަކެއްގައި އެ ހިދުމަތް ދޭން ވަނީ ފަށައިފައެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި