ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް އެޅުމަށް ނަގާފައިވާ ލޯނު ނަގާފައިވާ ލޯނުތަކުން ދައުލަތަށް ގެއްލުން ވާތީ ކުންފުނީގެ ވެރިން މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓަށް އިންޑިއާއިން ނަގާފައިވާ ލޯނަށް މަހަކު 23.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދައްކަމުން އަންނަ ކަމަށް ބުނެ މި މައްސަލަ ހުށަހެޅީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫއެވެ.
މަޖިލީހުގެ ރައީސަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވަނީ މިހާރު ނިމިފައިވާ ޔުނިޓުތައް ހަވާލު ކޮށްގެން ވެސް މަހަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. މިހާރު އެ ފްލެޓުތަކުން 744 ޔުނިޓެއްގެ މަސައްކަތް ވަނީ ނިމިފައެވެ.
ސިޓީގައި ދައުލަތަށް ލިބެންވާ ފައިސާ ނުލިބެނީ ފްލެޓުތައް ދިނުން ދިގުލައިގެން ދިއުމުން ކަމަށް ވިދާޅުވެފައިވެއެވެ. އެކަމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް އަމަލު ކުރަނީ ބޮޑު އިހުމާލެއް އޮވެގެން ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6،208 ފޯމާއި ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14،489 ފޯމެވެ. މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓާއި ތިން ކޮޓަރީގެ 2،750 ޔުނިޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ