މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލުމުން އެ ދެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދެ ބޭފުޅުންގެ މަގާމު ގެއްލިއްޖެއެވެ.
އެންވަޔަރަމަންޓުގެ ޕީއެސްގެ މަގާމުގައި ހުންނެވީ އަޖުވަދު މުސްތަފާއެވެ. އަދި ޓޫރިޒަމްގެ ޕީއެސްގެ މަގާމުގައި ހުންނެވީ ފާތިމަތު ޝައުފާއެވެ. މި ދެ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަގާމުގައި ހުންނެވީ އަޖުވަދެވެ.
އަޖުވަދުގެ މަގާމު ގެއްލުނީ އެންވަޔަރަމަންޓް މިނިސްޓްރީ އުވާލުމުންނެވެ. ގާނޫނު ބުނާ ގޮތުންނަމަ މިނިސްޓްރީއެއް އުވާލައިފި ނަމަ ޕީއެސްގެ މަގާމު ގެއްލޭނެއެވެ. ޝައުފާގެ މަގާމު ގެއްލުނީ ޓޫރިޒަމްގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އެ މަގާމަށް އައު ޕީއެސްއެއް ހޯދަން އިއުލާން ކުރުމަށް މިހާރުގެ މިނިސްޓަރު ތާރިގް އިބްރާހީމް ބޭނުންފުޅުވާތީއެވެ.
ޝައުފާ އަކީ ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލާ އެއް ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގް އިބްރާހީމް އައްޔަން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު