ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް އެންމެ ގިނަވެގެން ވެސް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދެވޭނީ 90،000 ރުފިޔާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ.
އެ ބޯޑުން ނެރެފައިވާ ސާކިއުލާއެއްގައި މިއަދު ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރު ކުންފުނިތަކުގައި ތިބޭ ޓެކްނިކަލް މުވައްޒަފުން ފިޔަވައި ކުންފުނީގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އެންމެ ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން ފިޔަވައި ބޯޑުތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހިމެނޭހެން މަހު މުސާރައާއި އިނާޔަތްތަކުން 90،000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކުން 90،000 ރުފިޔާއަށްވުރެ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށް ޕީސީބީން ވަނީ އަންގައިފަ އެވެ.
އެ ފިޔަވަޅަކީ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށްވެސް ޕީސީބީން ބުންޏެވެ.
މީގެކުރިން ޕީސީބީން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ސަރުކާރު ކުންފުނިތަކުން ވެސް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނޫން އިތުރު މުވައްޒަފުން ނުނެގުމަށް އަންގައިފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި