ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން އަންނަ މަހު ފަށަން ހަމަޖައްސައިފި އެވެ.
ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލްކުރީ އަންނަ މަހުގެ 17 ވަނަ ދުވަހަށެވެ.
އެ މައްސަލާގެ ތެރެއަށް އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވަނީ ތަދައްހުލްވެފަ އެވެ.
އެގޮތަށް މިދިޔަ އަހަރު ގާނޫނު އަސާސީ އިސްލާހުކުރީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އިހްތިޖާޖް ވެސް ކުރި އެވެ. ނަމަވެސް އެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ކޮންޓްރޯލްކުރާ ޕީއެންސީން އެ އިސްލާހު ދިފާއުކުރި އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް އެ ގާނޫނު ފަހުން ވަނީ އުވާލައިފަ އެވެ.
ބިމުގެ މައްސަލަ ބޮޑުވެގެން އުޅެނީ އުސޫލުގެ ތެރެއަށް ވައްދަން އުޅޭތީ
"އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭ ކަމެއް މިތާ އިނދެގެން ނުކުރާނަން"
ދިވެހި ދެ އުމްރާވެރިޔަކު ނިޔާވެއްޖެ
ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު މާލޭން ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން އައިޓެކް ދުވަސް ފާހަގަކޮށްފި