ސްނޯކްލިން އަށް ގޮސް އުޅުނެނިކޮށް ގެއްލިގެން ހޯދަމުން އަންނަ އިންޑިއާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމީހާއަކީ ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފެކެވެ. އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިމަހުގެ 27ވަނަ ދުވަހުއެވެ.
އާފްތާބް ހާން ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އެ މީހާ ހޯދުމަށް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓާއި ސީ އެމްބިއުލައިން އަދި ޕޮލިސް ސަރވިސްގެ އެހީތެރިކަމާ އެކު ކަނޑުމަގުން 74.18 ސްކެއަރ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ.
ކޯސްޓްގާޑްގެ ޑައިވަރުންނާއި އިފުރު މޯލްޑިވްސް ރިސޯޓް މުވައްޒަފުންގެ އެހީތެރިކަމާ އެކު ޑައިވްކޮށްގެން 160718 ސްކެއަރ މީޓަރ ބަލާފައިވާއިރު ކޯސްޓްގާޑްގެ ޑައިވަރުން ސްނޯކެލް ކޮށްގެން 46814 ސްކެއަރ މީޓަރ ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ވައިގެމަގުން 213 ސްކެއަރ ނޯޓިކަލް މޭލް ބަލާފައިވާ ކަމަށްވެއެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި