ޗައިނާގެ ކޯސްޓްގާޑުގެ ދުއްތުރާލާ ހެދި، ފިލިޕީންސްއިން ދެކުނު ޗައިނާ ކަނޑުގައި ހަދަމުންދާ ސައިންޓިފިކް ސަރވޭތައް ހުއްޓާލައިފިއެވެ.
ފިލިޕީންސްއިން ބުނީ އެ ގައުމުގެ މަސްވެރި 2 އުޅަނދަކަށް ޗައިނާގެ ކޯސްޓްގާޑާއި ނޭވީއިން ޖެއްސުންކުރުމާ ގުޅިގެން ކަމަށެވެ. ހުކުރު ދުވަހު، ފިލިޕީންސްއިން ކޮންޓްރޯލްކުރާ ސޭންޑީ ކޭ އިން ވެލީގެ ސާމްޕަލް ނަގަން ދަތުރުކުރި މި ދެ އުޅަނދަށް، ޗައިނާ ކޯސްޓްގާޑުގެ ތިން އުޅަނދުން ހުރަސްއަޅައި، ޖެއްސުންކުރި ކަމަށް ފިލިޕީންސްގެ ކޯސްޓްގާޑުން ބުންޏެވެ.
އަނެއްކޮޅުން ޗައިނާގެ ކޯސްޓްގާޑުން ބުނީ ސޭންޑި ކޭ ހިމެނޭ ގޮތަށް، މުޅި ސްޕްރެޓްލީ ޖަޒީރާތަކަކީ ޗައިނާގެ މިލްކެއް ކަމަށާއި، ޗައިނާގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރި ފިލިޕީންސްގެ އުޅަނދުތަކަށް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރަސް އަޅައި، ހުއްޓުވާފައިވާނެ ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުގެ އެކި ހިސާބަށް އެކި ގައުމުތަކުން މިލްކުވެރިކަމުގެ ދައުވާކުރާއިރު، ޗައިނާއިން ދަނީ މުޅި ކަނޑުގެ މައްޗަށް އަތްގަދަކުރުމަށް މަސައްކަތްކުރަމުންނެވެ. 2016 ވަނަ އަހަރު ބައިނަލްއަގްވާމީ ޓްރައިބިއުނަލަކުން ނިންމާފައިވަނީ ޗައިނާއަށް މުޅި ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ހައްގެއް ނެތްކަމަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި