ޗައިނާއާ އެކު އެމެރިކާއިން ހަދާފައިވާ ވިޔަފާރީގެ ޚާއްސަ އެއްބަސްވުން ނިމުމަކަށް ގެނެސް، ޗައިނާއަށް ދީފައިވާ ވިޔަފާރީގެ ޚާއްސަ ގުޅުމުގެ އިނާޔަތްތައް ކަނޑާލުމާ ބެހޭ ބިލެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ދެ ޕާޓީގެ ތާއީދާއެކު ވައްދައިފިއެވެ.
މި ބިލް ހުށަހެޅުއްވީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޗައިނާ ކޮމިޓީގެ މުޤައްރިރު، ރިޕަބްލިކަން ޕާޓީގެ މޫލެނާރއެވެ. އަދި ތާއީދުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ޓޮމް ސޯޒީއެވެ. މި ގާނޫނާއެކު ޗައިނާއިން އެތެރެކުރާ މުދަލުން ބޮޑެތި ޓެރިފްތަކެއް ނެގި، އާއްމުކޮށް އެތެރެކުރާ އަގު ދަށް އެއްޗެހިން ޑިއުޓީ ނުނެގުމުގެ އުސޫލަށްވެސް ނިމުމެއް އަންނާނެއެވެ. ކޮންގްރެސްއިން މި މަސައްކަތް ފެށީ، ޗައިނާއާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް އަލުން މުތާލިއާކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ކެބިނެޓަށް އަންގަވާފައި ވަނިކޮށެވެ. އެމެރިކާއާއި ޗައިނާއެކު ވިޔަފާރީގެ ގުޅުންތައް ބޭއްވުމާ ބެހޭ ޚާއްސަ އެއްބަސްވުމަކަށް އައީ 2000 ވަނަ އަހަރެވެ.
މި އެއްބަސްވުން ވެގެން ދިޔައީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނުގެ މެމްބަރުކަން ޗައިނާއަށް ލިބުމަށް ކޮށުނު މަގަކަށެވެ. ނަމަވެސް އޭގެ ފަހުގައި، ޗައިނާއިން ތަކުރާރުކޮށް ބައިނަލްއަޤްވާމީ ވިޔަފާރީގެ ޤާނޫނުތަކާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ގަވާއިދުތަކާ ޚިލާފުވާކަމަށް އެމެރިކާ އާއި އެހެން ގައުމުތަކުންވެސް ތުހުމަތުކުރެއެވެ. ބިލް ހުށަހެޅުއްވުމަށްފަހު މޫލެނާރ ވިދާޅުވީ، 2000 ވަނަ އަހަރު ގާއިމުކުރެވުނު އެއްބަސްވުމާ އެކު ޗައިނާގެ އަގުހެޔޮ ޚިދުމަތާއި މުދާ އެމެރިކާގައި ގިނަވެ، އެމެރިކާގެ އުފެއްދުންތެރިކަން އިންތިހާއަށް ދަށަށް ހިނގައްޖެކަމަށެވެ.
އަދި އަލަށް މިހުށަހެޅުނު ބިލާއެކު މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ލިބޭ ނަހަމަ ފައިދާތައް ނިމުމަކަށް އައިސް، އެމެރިކާގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަނެއެވެ. ހަމައެއާއެކު، މި ބިލުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށްވެސް އިތުރު ރައްކާތެރިކަމެއް ލިބޭނެކަމަށް އޭނާ ދެކެވަޑައިގަނެއެވެ.ބިލު ހުށަހެޅުމާއި ގުޅިގެން ވޮޝިންޓަނުގައި ހުންނަ ޗައިނާ އެމްބަސީއިން ބުނީ މިބިލާއެކު ދެގައުމުގެ މަސްލަތަހަށްވެސް ގޮންޖެހުންތައް ކުރިމަތިވާނެކަމަށެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ