ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފަހި ދިރިއުޅުން ފްލެޓުތަކުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ރޭ ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބައެއް ފްލެޓުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނެވެ.
އެ މައްސަލައާ ގުޅިގެން ސްޓެލްކޯ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައި ވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.
ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރޭގެ 23:00 ހާއިރު ކެނޑުނު ކަރަންޓު އަލުން ދެވުނީ 00:00 އަށްވުރެ ބޮޑުވި ފަހުންނެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ