ބައެއް މީހުންނަށް ނޭނގި އެމީހުންގެ ސޮއި ފޯޖު ކޮށްގެން ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް ހުށަހަޅާ ފޯމުގައި ހެކިންގެ ގޮތުގައި ސޮއި ކޮށްފައިވާ މީހުންނަށް ފިޔަވަޅު އެޅިތޯ ހޯމް މިނިސްޓަރު އިހުސާނާ ސުވާލު ކުރެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އެޕާޓީން ހުށަހަޅާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މެންބަރުން އިތުރު ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު ފެންމަތިވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ޕީއެންސީއަށް ވައްދާފައިވާ މައްސަލައެވެ.
ޕީއެންސީން ބުނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމަށް، ކުރާ މަސައްކަތުގައި އެޕާޓީއަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ބެލުމުގެ ގާބިލް ކަމެއް ޕާޓީގައި ނެތް ކަމަށެވެ.
މީކާއިލްގެ ވަނީ ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަން އިލެކްޝަންސް އަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމުތަކުގައި ފާހަގަ ކުރެވޭ މިންވަރަކަށް ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާތީ، އެބޭފުޅުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލު ކޮށްފައެވެ.
ވަގު ފޯމުތައް ހުށަހެޅުމުގެ މައްސަލަ އިތުރުވެފައިވާ މި ދަނޑިވަޅުގައި މި އަހަރު 18 އަހަރު ފުރޭ ހުރިހާ ކުދިން ސިޔާސީ ޕާޓީއަކަށް ވައްދަން ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވަނީ ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް އެކަން މިނިސްޓަރު އިހުސާން ވަނީ ދޮގު ކުރައްވައިފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި