އިންޑިއާގެ ގިނަ އަދަދެއްގެ ކުންފުނިތަކެއް މިދިޔަ އަހަރެކޭ އެއް ގޮތަށް މިއަހަރުވެސް ހިއްސާގެ ބާޒާރަށް ނިކުންނާނެކަމަށް ބޮމްބޭ ސްޓޮކް އެކްސްޗޭންގެ ވެރިޔާ ވިދާޅުވެއްޖެއެވެ.
ބޮމްބޭ ސްޓޮކް އެކްސްޗޭންޖްގެ ސީ.އީ.އޯ ސުންދަރަރާމަން ރާމަމުރުތީ ވިދާޅުވީ މިހާރު ވެސް 90 އަށްވުރެ ގިނަ ކުންފުނިން ހިއްސާގެ ބާޒާރަށް ނުކުތުމަށް ޕްރޮސެޕެކްޓަސްގެ ޑްރާފްޓް ހުށަހަޅާފައިވާ ކަމަށެވެ. މި ކުންފުނިތަކުން ގާތްގަނޑަކަށް އެއް ޓްރިލިއަން އިންޑިއަން ރުޕީޒް ހޯދާނެއެވެ.
މިދިޔަ އަހަރުވެސް ބޮމްބޭ ސްޓޮކް އެކްސްޗޭންޖާއި ނޭޝަނަލް ސްޓޮކް އެކްސްޗޭންޖްގައި 91 ކުންފުންޏަކުން ލިސްޓްކުރިއެވެ. މި ހިނގާ މާލީ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޮމްބޭ ސްޓޮކް އެކްސްޗޭންޖުން ފީގެ ގޮތުގައި 1.57 ބިލިއަން ރުޕީޒް ހޯދިއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނީ 1.3 ބިލިއަން ރުޕީޒްއެވެ.
ހިއްސާގެ ބާޒާރަށް ގިނަ ކުންފުނިތަކަކުން ނިކުންނަމުންދާއިރު، ހިއްސާގެ ބާޒާރު ރެގިއުލޭޓްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރު ގަވާއިދުތައް ހަދަމުންނެވެ. އޭގެ ސަބަބުން ނިކުންނަ ނަތީޖާއެއް މިއަހަރުގެ މެދުތެރޭގައި ފެންނަވަރު ވާނެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި