މިލްކުވެރިކަމާމެދު ގިނަ ގައުމުތަކެއްގެ މެދުގައި ޚިޔާލުތަފާތުވެފައިވާ ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކެއް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފިލިޕީންސްއިން ފަށައިފިއެވެ.
އެގޮތުން އެއް ރަށެއްގެ ބަނދަރާއި އެއަރޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފަވާއިރު، އިތުރު ރަށެއްގެ ބަނދަރު ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ތިޓޫ އައިލެންޑްގައި އޮތް އެއަރޕޯޓްގެ ރަންވޭ 1.5 ކިލޯމީޓަރަށް ދިގުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އޭރުން އެ ރަންވޭގައި އެފް-16 ގެ ހަނގުރާމަމަތީ ޖެޓްގެ ބައެއް ވޭރިއަންޓްތަކާއި، އެހެން ބައެއް ޖެޓްތައް ޖެއްސޭނެއެވެ.
މި މަސައްކަތަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. ތިޓޫ އައިލެންޑްގައި މިހާރުވެސް ރާޑަރާއި އެހެނިހެން މޮނީޓަރިން ވަސީލަތްތައް ގާއިމްކޮށްފައިވަ ފިލިޕީންސް ކޯސްޓްގާޑުގެ މަރުކަޒެއް ހުރެއެވެ. އަދި 200 އެއްހާ މަދަނީން ވެސް އެރަށުގައި އުޅެއެވެ.
އެ ރަށް ތަރައްގީ ކުރުން ވެގެންދާނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ އަސްކަރީ އުޅަނދުފަހަރަށް ގޮންޖެހުމަކަށް ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ސަބަބަކީ، އެސަރަހައްދުގެ މައްޗަށް ބާރުފޯރުވަން ޗައިނާއިން މަސައްކަތްކުރާއިރު، މީގެ ކުރިން ވަސީލަތްތައް މަދުވުމުގެ ސަބަބުން ޗައިނާއާ ކުރިމަތިލާން ފިލިޕީންސްއަށް ފަސްޖެހުނުނަމަވެސް، އިތުރު ވަސީލަތްތަކާއެކު ފިލިޕީންސްގެ ބާރުވެސް ކޮންމެވެސް ވަރަކަށް އެސަރަހައްދުގައި ގަދަވާނެތީއެވެ.
މުޅި ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ މިލްކެއްކަމަށް އެގައުމުން ދައުވާކުރިނަމަވެސް ފިލިޕީންސްއާއި މެލޭޝިއާ އަދި ވިއެޓްނާމްފަދަ ގައުމުތަކުންވެސް ގެންދަނީ އެސަރަހައްދުގެ އެކި ރަށްތަކުގެ މިލްކުވެރިކަމާމެދު ދައުވާކުރަމުންނެވެ. އަދި ޚާއްސަކޮށް ފިލިޕީންސްއިން ވަނީ މީގެ ތެރެއިން ބައެއް ރަށްރަށުގައި ކޯސްޓްގާޑު މަރުކަޒުތައް ގާއިމްކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް