އެމްޑީޕީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ، ފަޚުރުވެރި ޕާޓީކަމަށް އެޕާޓީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ބައެއް އިސް ބޭފުޅުން އެނބުރި އެ ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވައި، އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ކުރީގެ ޗެއާޕަރސަން ހަސަން ލަތީފާއި ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން ޕާޓީގެ ޕޮލިސީ ކޮމިޓީގެ ކުރީގެ މުގައްރިރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރު އަށް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް އެމްޑީޕީ އިން ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވީހާވެސް ގިނަ ބޭފުޅުން އެޕާޓީއާ ގުޅިވަޑައިގަތުމަށް ކަމަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި