މާފަންނު ސަހަރާ ހުސް ކުރުމަށް މާލެ ސިޓީ ކައުންސިލުން ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުން، އެތަނުގައި ބަހައްޓާފައިވާ ފެން ހިންދާ ޕަމްޕު ހަލާކުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާ ހުސް ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެތަނުގައި ހުރި ފެން ހިންދާ ޕަމްޕަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެ މަސައްކަތަކީ މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި މާލެ ސިޓީ ކައުންސިލުން ކުރަމުންދިޔަ މަސައްކަތެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
މާފަންނު ސަހަރާގައި މާލެ ސިޓީ ކައުންސިލާއި އެ ކައުންސިލުގެ ކޮންޓްރެކްޓަރުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި އެ މަސައްކަތުގައި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބިފައިވާއިރު އެކަން ކުރީ މިނިސްޓްރީއަށް ނާންގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕަމްޕް ސްޓޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި