ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި އިނާމުތަކާއި އަދި ހަރަކާތްތަކަކާއެކު ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށާފައި ވަނީ މިއަދުއެވެ. ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ފެށި މި ސޭލް ކުރިއަށްދާނީ މި އަހަރުގެ މާޗު 31ގެ ނިޔަލަށެވެ.

އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގުބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމަށް ޕީޕަލް ޗޮއިސްގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: 500 ރުފިޔާގެ މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ -- ފޮޓޯ/ އެސްޓީއޯ

މިއަހަރުގެ ރަމަޟާން ބާޒާރުގައި 50 ޕަސެންޓާ ހަމައަށް ހޯމްއެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެވެ. އަދި 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާއިރު ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރ އެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރަމަޟާން ބާޒާރު 2025ގެ އެންމެ ޙާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ޕީޕަލް ޗޮއިސްގައި ފެށިގެން ކުރިއަށް ދަނީ: މި ސޭލް ކުރިއަށްދާނީ އަންނަ މާޗު މަހުގެ ނިޔަލަށް-- ފޮޓޯ/ އެސްޓީއޯ

މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.