ޏ. ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް, އެތައް މިލިއަން ރުފިޔާގެ މުއާމަލާތްތައް ބޭންކް އެކައުންޓްތަކުން ކޮށްފައިވާ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ހައި ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.
ފުވައްމުލަކުގައި މިދިޔަ މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އެރަށު ޒަމާނީވިލާ ހަސަން އާޒިމާއި އެރަށު ކަރަންކާވިލާ އަހުމަދު ނިއުޝާދެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް, 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކައުންޓްތަކުގައި ދައުރުކޮށްގެން މަނީ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.
އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިއްބާ ހައި ކޯޓުން އެ މީހުން ދޫކޮށްލަން މިއަދު އަމުރުކުރީ އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަން ދަށު ކޯޓުގެ އަމުރުން އެނގެން ނެތް ކަމަށެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ