ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ސިއްރިޔާތުގައި ރަން ނަގާ މައިނެއް ހިންގިކަމުގެ ތުހުމަތުގައި ޗައިނާ ބަޔަކު ހައްޔަރުކުރިތާ މާގިނަ ދުވަސްތަކެއް ނުވެ، ހަމަ އެ ގައުމުން ގިނަ އަދަދެއްގެ ރަނާއި ފައިސާއާއެކު ޗައިނާ އެހެން ބަޔަކު ހައްޔަރުކޮށްފިއެވެ.
ސައުތު ކީވޫ ޕްރޮވިންސްގައި ހައްޔަރުކުރި މީހުން އަތުން ފެނުނު ރަނުގެ ތަފްސީލް އެ ސަރަހައްދުގެ ސަރަހައްދީ ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޗައިނާގެ ބަޔަކު ދުއްވަމުން ދިޔަ ވެހިކަލް ހުއްޓުވައި، ބަލައި ފާސްކުރިއިރު އެ ވެހިކަލްގެ ސީޓެއްގެ ދަށުން 8 ލައްކަ އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށް ސައުތު ކީވޫގެ ގަވަރުނަރާ ހަވާލާދީ ބީބީސީ އިން ރިޕޯޓްކޮށްފައިވެއެވެ.
ކޮންގޯގެ މި ސަރަހައްދަކީ އަލިމަހާއި ރަނާއި އެހެނިހެން އަގުބޮޑު މައުދަންތަކުގެ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް އެކި ގްރޫޕްތަކުންނާއި ބޭރުގެ ފަރާތްތަކުން އަތްގަދަކޮށްފައިވުމުން ރައްޔިތުންނަށް އެއިން އެއްވެސް ފައިދާއެއް ނުކުރެއެވެ. އަދި އެސަރަހައްދުގައި ހިންގާ މިފަދަ ގްރޫޕްތަކުން ވެރިރަށް ކިންޝާސާގައި ތިބޭ ބާރުގަދަ ފަރާތްތަކާ ގުޅުން ބާއްވާތީ، އެ މީހުންގެ މައްޗަށް ފިޔަވަޅު އެޅުން ވަނީ ދަތިކަމަކަށް ވެފައެވެ.
ސިއްރިޔާތުގައި ރަން ނަގާ މައިނެއް ހިންގި މައްސަލައިގައި ހައްޔަރުކުރި ޗައިނާ އެންމެން ވެސް މިނިވަންކަން، އެ މީހުން ކޮންގޯ ދާން ފުރުސަތު ދީފައިވާތީ ވެސް ކީވޫގެ ގަވަރުނަރު ހުންނެވީ ހިތްހަމަނުޖެހިފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި އެ މީހުން ދައްކަން ޖެހޭ އަދަދު 10 މިލިއަން ޑޮލަރަށް އަރާނެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި