ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުއްޓާ އެތަކެތި ގެއްލުނު މައްސަލާގައި އެތަކެތީގެ ވެރިފަރާތް 40 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
ބޮންޑެޑް ވެއާހައުސް އިން ގެއްލިފައި ވަނީ ގާތްގަނޑަކަށް 34،500 ކާޓޫނުގެ ސިނގިރޭޓެވެ. އެކަމާއި ގުޅިގެން ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކަސްޓަމްސް ޑިއުޓީ އާއި ޖޫރިމަނާ ވެސް ހިމަނައިގެން ޖުމްލަ 40 މިލިއަން ރުފިޔާ ދެއްކުމަށް އެ ތަކެތީގެ ވެރިފަރާތަށް އަންގާފައިވާނެ ކަމަށެވެ.
ވެރި ފަރާތަށް އެ އަދަދަށް ފައިސާ ދެއްކުމަށް އެންގީ ކަސްޓަމްސް އަށް ނާންގާ ބޮންޑެޑް ވެއާ ހައުސް އިން މުދާ ނެރުމަކީ މަނާ ކަމަކަށް ވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަމިއްލަ ގޭގޭގައި ހަދާފައި ހުންނަ ބޮންޑެޑް ވެއާ ހައުސްތަކުގައި ދެ ތަޅެއް ހަރު ކޮށްފައި ހުރެއެވެ. އޭގެތެރެއިން އެއް ތަޅަކީ ކަސްޓަމްސްގެ ތަޅެކެވެ. އެހެންކަމުން އެ ތަން ހުޅުވޭނީ ކަސްޓަމްސްގެ ހާޒިރުގައެވެ.
އެހެންކަމުން މިނިސްޓަރު އިހުސާން ވަނީ ކަސްޓަމްސް އަށް ނާންގާ އެ ތަނަށް ވަދެވުނު ގޮތެއް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އެ މައްސަލަ ފެންމަތިވުމާއެކު މިނިސްޓަރު ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާ ކުރަން ނިންމިކަން އިއުލާން ކުރައްވައިފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު