ތޮއްޑޫގެ ގެސްޓު ހައުސްތައް ގުޅިގެން އާ އަހަރު ކުލަގަދަކޮށް، ފާހަގަކޮށްފިއެވެ.
އާ އަހަރު ފެށުނު ރޭ، ތޮއްޑޫގައި ގާތްގަނޑަކަށް 1000 ޓޫރިސްޓުން ތިއްބެވެ. އެ ރަށުގައި އާ އަހަރު ފާހަގަ ކުރީ އެ ޓޫރިސްޓުންނަށް އަމާޒުކޮށްގެންނެވެ.
ތޮއްޑޫ ގެސްޓުހައުސްތައް ގުޅިގެން އެކުލަވާލި ކޮމިޓީން އެކަން ކުރިއަށް ގެންގޮސްފައި ވަނީ ތޮއްޑޫ ކައުންސިލާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެއްބާރުލުމާއެކުގައެވެ.
ތޮއްޑޫގެ ގެސްޓްހައުސްތަކުން ގާތްގަނޑަކަށް 240،000 ރުފިޔާ އެ ހަރަކާތަށް ހަރަދުކުރިއެވެ. ހަވާ އެރުވުން ހަމަޖައްސާފައި ވަނީ ތޮއްޑޫ ކައުންސިލުންނެވެ.
އަމިއްލަ ފަރާތެއް ކަމުގައިވާ ވުޑެން ހާޓް އާ ޙަވާލުކޮށްގެން ތޮއްޑޫ ބީޗު ސަރަހައްދުގެ މަގުތަކާއި ބީޗު ސަރަހައްދު ރީތި ބޮކިތަކުން ޒީނަތްތެރިކޮށް ދިއްލާލިއެވެ. ވެލްކަމް ޑްރިންކްއަކުން ކޮންމެ ޓޫރިސްޓަކަށް މި އިވެންޓަށް މަރުހަބާ ކިޔުނު އިރު ދިވެހި ސަޤާފީ ކުޅިވަރުތައް ހިމެނޭ ގޮތަށް މުނިފޫހި ފިލުވުވުމުގެ އެކި ހަރަކާތްތައް މި އިވެންޓުގައި ކުރިއަށް ދިޔައެވެ.
"މި އިވެންޓަށް ޓޫރިސްޓުންގެ ބޮޑު ތަރުހީބެއް ލިބުނު އަދި މި އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލެވުނީ އޯގަނައިޒިންގ ޓީމަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން،" އިވެންޓް އޯގަނައިޒްކުރި ޓީމުގެ ފަރާތުން މުޙައްމަދު ފާއިޤު ވިދާޅުވިއެވެ.
ތޮއްޑޫ ގެސްޓުހައުސްތަކުގެ އުއްމީދަކީ ކުރިއަށް އޮތް އަހަރު މި އަހަރަށްވުރެ ފުރިހަމަކޮށް އާ އަހަރު ފެށުން ފާހަގަކުރުމެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު