ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހަ ރަށެއްގައި ފެންބޮޑުވެފައިވާ ކަމަށާއި އެއިން އެއްވެސް ރަށަކުނ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ހާލަތަށް އަދި ނުދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އަންގާރަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ފެންބޮޑުވެފައި ވަނީ ދ. ކުޑަހުވަދޫ އާއި ދ. މީދޫ އާއި ފ. ނިލަންދޫ އާއި ފ. މަގޫދޫއެވެ. އަދި އުދަ އަރައިގެން ފެންބޮޑުވެފައި ވަނީ ށ. ނަރުދޫ އާއި ރ. އިނގުރައިދޫއެވެ.
އެންޑީއެމްއޭއިން ބުނީ ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި ފެންބޮޑުވުމުގެ އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މޯލްޑިވްސް މީޓްރޮލޮޖިކަލްއިން ވަނީ މޫސުމަށް ސަލާމުވުމަށް 27 އެއާޓް ނެރެފައެވެ. އެގޮތުން 18 ވައިޓް އެލާޓާއި ނުވަ ޔެލޯ އެލާޓް ވަނީ ނެރެފައެވެ.
ބޯކޮށް ވާރޭވެހި، ގުގުރުމާ އެކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، 11 އަތޮޅަކަށް މެޓް އޮފީހުން ދާދި ދެންމެއަކު ވަނީ ޔެލޯ އެއާޓް ނެރެފައެވެ. މިއަދު މެންދުރުފަހު 2:30އިން ފެށިގެން، މިރޭ 7 ޖެހުމާ ހަމައަށް ޔެލޯ އެލާޓް ނެރެފައި ވަނީ ބ، އަތޮޅާއި ލ. އަތޮޅާ ދެމެދަށެވެ. އެ ދެމެދުގައި ހިމެނެނީ ބ. ޅ. ކ. އއ. އދ. ވ. މ. ފ. ދ. ތ. ލ. އަތޮޅެވެ.
އެމްޑީޕީ ޕްރައިމަރީ އޮންނާނީ 25 ރަށާއި ހަތަރު ސިޓީއެއްގައި
ހިރިމަރަދޫ ކައުންސިލް އުވާލިކަމަށް ކަނޑައެޅީ ގާނޫނޫއަސާސީއާ ހިލާފަށް
އެމްޑީޕީ ޕްރައިމަރީ ބާއްވާ ތާރީހު ޖެނުއަރީ 16އަށް އަވަސް ކޮށްފި
ޑުރަގާއެކު ނޭޕާލް އަންހެނަކާއި ދިވެހިން ތިން ފިރިހެނުން ހައްޔަރަށް