ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ފާމަސީއެއް މާލޭގެ މާފަންނުގައި ހުޅުވައިފިއެވެ.
މާފަންނު މަޖީދީމަގުގައި ހުންނަ އެ ފާމަސީ އެސްޓީއޯ އިން ހުޅުވީ މާފަންނުގައި ގިނަ އަދަދެއްގެ ކްލިނިކްތަކެއް ހުރުމުން ބޭސް ލިބުމަށް ހުރި ދަތިތައް ހައްލު ކުރުމަށެވެ.
އެ ފާމަސީގައި ބޭހުގެ އިތުރުން ހޮސްޕިޓަލާއި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓާއި ހޯމްކެއާ އަދި ޕާސަނަލް ކެއާ ރޭންޖުގެ ގިނަ ޕްރޮޑަކްޓުތަކެއް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ދެ ފަންގިފިލާ ހުންނަ އެ ފާމަސީގެ ދެވަނަ ފަންގިފިލާގައި މެޑިކަލް އިކުއިޕްމަންޓާއި މެޑިކަލް ކޮންޒިއުމަބަލަސް ހުންނާނެއެވެ.
މި ފާމަސީން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް ލިބޭނެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން