ކޮވިޑް އުފެދިގެން އައި ގޮތާއި ބެހޭ ގޮތުން ދިރާސާތައް ކުރުމަށް ޗައިނާއިން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް އދގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން އަނެއްކާވެސް ގޮވާލައިފިއެވެ.
ޑަބްލިޔު.އެޗް.އޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އުފެދިގެން އައި ގޮތް ހޯދުމަށް ކުރާ ދިރާސާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަކީ ޗައިނާގެ ޒިންމާއެއް ކަމަށެވެ. އަދި ގައުމުތަކުން ލިބެން ޖެހޭ ފުރިހަމަ އެއްބާރުލުން ނުލިބި، ދެ ފުށް ފެންނަ ގޮތަކަށް ދިރާސާތައް ނުކުރެވޭނަމަ، ކޮވިޑް ފަދަ ބަލިމަޑުކަމާ ކުރިމަތިލާން ދުނިޔެއަށް ތައްޔާރު ނުވެވޭނެ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
ދެހާސްނަވާރަ ވަނަ އަހަރުގެ އެންމެ ފަހު ދުވަހު، ޑިސެމްބަރު 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީގައި ވަރިއަލް ނިއުމޯނިއާ ފެތުރެމުންދާ ކަމަށް ވޫހާންގެ ކަމާ ބެހޭ ފަރާތްތަކުން ނެރު މީޑިއާ ރިލީޒެއް، ޗައިނާގައި ހުންނަ ޑަބްލިޔު.އެޗް.އޯ ގެ އޮފީހަށް ފާހަގަވި ހިސާބުން ފެށިގެން، އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ޑަބްލިޔު.އެޗް.އޯ އިން މަސައްކަތް ފެށި ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.
ދުނިޔެ މިހާރު އޮތީ އަނެއްކާވެސް ޕެންޑެމިކެއް ފެތުރިއްޖެނަމަ އެއާ ކުރިމަތިލާން ތައްޔާރަށްތޯ ސުވާލު ކުރަން ޖެހޭ ކަމަށް ޑަބްލިޔު.އެޗް.އޯ ގެ އެންމެ އިސްވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރެޔޭސަސް ޑިސެމްބަރު ކުރީކޮޅު ވިދާޅުވިއެވެ. ޗައިނާގެ ދިރާސާތަކާއި އެ ގައުމުގައި ހުރި މައުލޫމާތު ހިއްސާ ކުރުމަށް އދއިން ގޮވާލުމާއި ގުޅިގެން މިއަދު ޗައިނާގެ ޚާރިޖިއްޔާއިން ބުނީ ކޮވިޑާ ގުޅޭ ގިނަ ޑޭޓާ އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައާއެކު މިހާރު ހިއްސާކުރެވިފައިވާނެ ކަމަށެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު