އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ ނެޓްވޯކް ފޫއަޅުވާލައި، ޑޮކިއުމަންޓްތަކެއް ވަގަށް ނަގާފައިވާކަން ހާމަވެއްޖެއެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަމާ ބެހޭ ގޮތުން ޓްރެޝަރީއިން ވަނީ ކޮންގްރެސްއަށް މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ހަމަލާގެ ފަހަތުގައިވަނީ ޗައިނާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. މިފަހަރުގެ ސައިބަރ ހަމަލާދީފައިވަނީ ޓްރެޝަރީ ޑިޕާޓްމަންޓަށް ސައިބަރ ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަމަށްވާ ބިޔޯންޑް ޓްރަސްޓްގެ ނެޓްވޯކް ތެރެއިންކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާއިން ވާގިވެރިވާ ގްރޫޕްތަކުން ފަހަކަށް އައިސް އެމެރިކާގެ ނެޓްވޯކްތަކަށް ހަމަލާދިނުމުގައި ބޭނުންކުރާ އުކުޅަކީ އެ އިދާރާތަކަށް ޚިދުމަތްދޭ ތިން ވަނަ ފަރާތެއްގެ ސޮފްޓްވެއަރ ނުވަތަ ނެޓްވޯކް މެދުވެރިކޮށް ހަމަލާދިނުމެވެ.
މި ޙާދިސާއާ ގުޅިގެން ޓްރެޝަރީއިން ވަނީ އެފް.ބީ.އައި އަދި ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެޖެންސީއާއި ގުޅިގެން ތަހުގީގެއް ފަށާފައެވެ.
ޗައިނާއިން ވަނީ އާދައިގެ މަތިން އެމެރިކާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. މިފަހަކަށް އައިސް އެމެރިކާގެ ނެޓްވޯކްތަކަށް ދޭ ސައިބަރ ހަމަލާތައް އިތުރުވެފައިވާއިރު، ޗައިނާ، ރަޝިޔާ، އީރާން އަދި އުތުރު ކޮރެއާގެ ސަރުކާރުތަކުން ވާގިވެރިވާ ގްރޫޕްތައް މިހަމަލާތަކުގެ ފަހަތުގައިވާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް