ޕާކިސްތާނުގެ ވައިގެ ސިފައިން މިދިޔަ ހަފްތާގައި ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން އަފްޣާނިސްތާނަށް ދިން ހަމަލާގެ ބަދަލުގައި، އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުން ޕާކިސްތާނުން ހަމަލާ ދީފިއެވެ.
އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީއިން ބުނީ ދެގައުމު ވަކިކުރާކަމަށް ބުނާ ރޮނގުގެ ޕާކިސްތާނު ފަޅިއަށް ހަމަލާދީފައިވާ ކަމަށެވެ. މި ސަރަހައްދީ ރޮނގަކީ 19 ވަނަ ގަރުނުގައި އިނގިރޭސީން އެސަރަހައްދު އިސްތިއުމާރުކޮށްގެން ތިބި ދުވަސްވަރު، ދެގައުމުގެ ބޯޑަރުކަމަށް ކަނޑައެޅި "ޚިޔާލީ ރޮނގެއް" ކަމަށް ދެފަރާތުންވެސް ބުނާ ސަރަހައްދީ ރޮނގެކެވެ. ދެގައުމުންވެސް އަނެއް ގައުމުގެ ސަރަހައްދުގެ ބަޔަކަށް ދައުވާކުރެއެވެ. ތާލިބާނުން ޕާކިސްތާނަށް ސީދާ ހަމަލާ ދިން ކަމަށް ނުބުނެ، މި ސަރަހައްދ ރޮނގުގެ ޕާކިސްތާން ފަޅިއަށް ހަމަލާދިނީ އޭ ބުނަނީ އެހެންވެއެވެ.
ތާލިބާނުން ބުނީ އަފްޣާނިސްތާނަށް ދިން ހަމަލާގެ ފަހަތުގައިވާ ފަރާތްތަކުގެ ޓާގެޓްތަކަށް އަމާޒުކޮށްގެން ހަމަލާދިން ކަމަށެވެ. މި ހަމަލާއާއި ގުޅޭ ގޮތުން ޕާކިސްތާނުން ރަސްމީކޮށް އެއްޗެއް ނުބުނިނަމަވެސް، ސަލަމާތީ ކަންކަމާ ބެހޭ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ޕާކިސްތާނުގެ މެލެމިޓަރީ އޮފިސަރަކު މަރުވެ، އިތުރު 7 މީހަކަށް މި ހަމަލާތަކުގައި އަނިޔާވެފައިވެއެވެ.
އައިޖީއެމްއެޗުގައި ހުރިހާ ބާވަތެއްގެ ބޭހެއް ލިބޭނެ ފިހާރައެއް ހުޅުވަނީ
އިންތިހާބުގެ މައްސަލަ ހުށަހެޅީ ނަޝީދުގެ ކެމްޕެއިން ޓީމަކުން ނޫން
ރައީސް ނަޝީދުގެ ކެމްޕެއިން ތަރުޖަމާނަކަށް ދިއްދޫ ވައްޑެ
ވިދާ ގުގުރާނެ ކަމަށް ލަފާކުރެވޭތީ ފިޔަވަޅުތައް އެޅުމަށް އެދިއްޖެ
ރާއްޖެ-ލަންކާ: ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި