ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް ޑްރޯން ބޭނުން ކޮށްގެން ހޯދައިގެން، އެ ބޯޓު ހުއްޓުވައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާ ހިލާފަށް ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް، އެމްއެންޑީއެފް އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ގެނެސްފައިވާ ކަމަށެވެ.
އެ ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެ ބޯޓަކީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.
މީގެކުރިން ވެސް ޑްރޯން ބޭނުން ކޮށްގެން ވަގަށް އެތެރެވެގެން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް އިން ހޯދާފައިވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން